ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ފަށައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ މަސައްކަތް މަޖިލީހުގައި މިއަދު ފަށައިފިއެވެ.

ކުރިއަށް ނުގޮސް އޮތުމަށް ފަހު، މަޖިލީހުގެ ނައިބު ރައީސް ނޫން މެންބަރަކަށް ވެސް، ރައީސް ވަކިކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން، މިއަދު ޖަލްސާ ފެށީ ރިޔާސަތުގައި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް އިންނަވައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ ޖަލްސާ ފެއްޓުމާއެކު ބައެއް މެންބަރުން ދުންމާރި ފުންމިއެވެ. އަދި މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ސުވާލުކުރެެއްވީ މިއަދަށް ހުށަހަޅާފައި އޮތީ ކުއްލި މައްސަލައެއްތޯ ނުވަތަ ގަރާރެއްތޯ އެވެ.

ރިޔާސަތުން އަފީފު ވިދާޅުވީ ހުށަހަޅާފައި އޮތީ ގަރާރެއް ކަމަށެވެ.

އެ ހިސާބުން ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ދެވަނަ ފަހަރަށް ފުރުސަތު ހޯއްދަވައިގެން އާޒިމް ވިދާޅުވީ އެ ގަރާރު ހުށަހަޅާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.

ގިނަ މެންބަރުން ނިޒާމީ މައްސަލަ ނަންގަވާތީ މަޖިލީހުގައި އެޖެނެޑާކޮށްފަ އޮތް މައްސަލަ އަދި ކުރިއަށްދާ ގޮތެއްނުވެއެވެ.

އަފީފް އަކީ މަސްލަހަތު ފުށުއަރާ ބޭފުޅެއްކަމަށާއޮ އެހެން ކަމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބައެއް މެންބަރުން ދަނީ ވިދާޅުވަމުންނެވެ.

މަޖިލީހުގެ ނައިބުރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މިދިޔަ ހަފުތާގައާއި އޭގެ ކުރީ ހަފުތާގައި ވެސް އެ މައްސަލަ އޮތީ ކުރިއަށް ނުގެންދެވިފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ