ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާއި ޚިލާފަށް ކަމަށްބުނެ ޖަލްސާ ނިންމާލައިފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށްބުނެ އެ ގަރާރު ވަނީ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަގާ، މައްސަލައިގައި ހުށަހަޅާފައިވަނީ ގަރާރެއް ނޫންކަމަށް ބުނެ މަޖިލީހުގައި ވާހަކަ ދައްކާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ގަރާރުގައި އެ ސިފަތައް ނެތްކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހަށް ގަރާރުގެ ގޮތުގައި ފޮނުވާފައިވަނީ ސިޓީއެއް ކަމަށް ތަކުރާރުކޮށް ޑިމޮކްރެޓްސްގެ މެންބަރުން އަންނަނީ ބުނަމުންނެވެ.

ހޫނު ބަހުސަކަށް ފަހު، ރިޔާސަތުގައި އިންނެވި ، ޑިމޮކްރެޓްސްއަށް ނިސްބަތްވ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ޖަލްސާ ނިންމަވައިލެއްވީ ކަމަށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ