އީވާ މަގާމުން ވަކިކުރަން ހުށަހަޅައިފި

ސިޔާސީ ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައްސަލަ މިއަދު މަޖިލީހުގެ އިދާރާ އަށް ހުށަހެޅީ 50 މެންބަރުންގެ ސޮޔާ އެކު އެވެ. އީވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ ސޮޔާ އެކު އެވެ.

އިޝްތިހާރު
އިޝްތިހާރު

އީވާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް މިހާރުވެސް ހުށަހެޅިފައި ވަނިކޮށެވެ. ނަމަވެސް މިމައްސަލަ ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދާއި އީވާ ގެންދަވަނީ އެކި ގޮތްގޮތުން ހުރަސްއަޅުއްވަމުންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުން މެންބަރުންގެ ސޮޔާއެކު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ