މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް އަސްލަމް

ފަހުގެ ސިޔާސީ

ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އިންތިހާބުކޮށްފިއެވެ.

މަޖިލީހުގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި ޖަލްސާގައެވެ. އަސްލަމްގެ އިތުރުން މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން އަލީ އާޒިމެވެ.

އިޝްތިހާރު
އިޝްތިހާރު

މިރޭގެ ޖަލްސާއަށް 77 މެމްބަރުން ހާޒިރުވެ ވަޑައިގެންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ 76 މެމްބަރުންނެވެ. ޖަލްސާގައި މަޖިލީހުގެ ރިޔާސަތަށް އަސްލަމް އިންތިހާބުކުރުމަށް 53 ވޯޓު ލިބުނެވެ. އަލީ އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަަމަށް އަސްލަމް އައްޔަންކުރައްވާފައި މިވަނީ އެމަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު ހޯމަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަޝީދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައި އެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ