މާލޭ ޖަވާހިރުމަގުގައި ހުރި ގެޔެއްގެ ބެލްކަނީގައި މީހަކު ހުއްޓައި އެ މީހާއާއެކު ބެލްކަނި ވެއްޓިއްޖެއެވެ.
ބެލްކަންޏާއެކު ވެއްޓުމުގެ ސަބަބުން މީހަކަށް އަނިޔާވެފައިވާއިރު، އޭނާ މިހާރު ވަނީ ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެ ގޭގެ ބެލްކަނި ވެއްޓި ތިރީގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.