ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ވަޒީރުން ހުވާ ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގަ އެވެ. މި ރަސްމިއްޔާތުގައި ބަންޑާރަނައިބު އަހުމަދު އުޝާމްވެސް މަގާމުގެ ހުވާ ކުރެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ވަޒީރުންނަށް މަގާމުގެ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުދާން އެވެ.

ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުން
* މިނިސްޓާ އޮފް ޑިފެންސް – ގައްސާން މައުމޫން
* މިނިސްޓާ އޮފް ފޮރިން އެފެއާޒް – މޫސާ ޒަމީރު
* މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ – އަލީ އިހްސާން
* މިނިސްޓާ އޮފް ފިނޭންސް – ޑރ. މުހައްމަދު ޝަފީގް
* މިނިސްޓާ އޮފް އެޑިއުކޭޝަން – ޑރ. އިސްމާއީލް ޝަފީއު
* މިނިސްޓާ އޮފް ހެލްތު – ޑރ. އަބްދުﷲ ޚަލީލް
* މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް – މުހައްމަދު ސައީދު
* މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް – އަހްމަދު ޝިޔާމް
* މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
* މިނިސްޓާ އޮފް ޓޫރިޒަމް – އިބްރާހީމް ފައިސަލް
* މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް – ޑރ. އައިޝަތު ޝިހާމް
* މިނިސްޓާ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން – ޑރ. އަބްދުﷲ ރާފިއު
* މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީ – ތޯރިގް އިބްރާހީމް
* މިނިސްޓާ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް – ޑރ. އަލީ ހައިދަރު އަހްމަދު
* މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން – މުހައްމަދު އަމީން
* މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް – އާދަމް ނަސީރު އިބްރާހީމް
* މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – ޑރ. މަރިޔަމް މާރިޔާ
* މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ – ޑރ. އަބްދުﷲ މުއްތަލިބް
* މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ – ޑރ. އައިޝަތު ރަމީލާ
* މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް – އިބްރާހީމް ވަހީދު (އަސްވާޑް)
* މިނިސްޓާ ސިޓީސް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް – އާދަމް ޝަރީފު
* އެޓާނީ ޖެނެރަލް – އަހުމަދު އުޝާމް

ކެބިނެޓްގައި ތިން އަންހެން ވަޒީރުން ހިމެނިވަޑައިގަންނަވާއިރު މީގެ ކުރީގެ ސަރުކާރުތަކުގައި ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނާއި މުޅިން އަލަށް ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހިމެނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ކޮންމެ ފަސްއަހަރަކުން މިވަރު އަރުވާލަން އެބަޖެހޭތަ؟ ތަންތަނުގެ ނަންނަމަށް މިވަރު ބަދަލުތައް ނުގެނަޔަސް ފުދޭނެ ކަމަށް ހީވަނީ. ދެން ހަމަ އެކައްޗެކޭ އެހެން ގޮތަކަށް ކިޔާފަ މިއޮންނަނީ. ދާންވީ ދިމާވެސް އޮޅޭވަރުވާނެ ގިނަ މީހުންނަށް.