އެމްޑީޕީ ޕީޖީ ލީޑަރުކަމަށް މެންބަރު މުޙައްމަދު ރަޝީދު، ޣަނީ އަދި ޖާބިރު

ފަހުގެ ސިޔާސީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

އެމްޑީޕީން ބުނީ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ން 16:00 އަށް، އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގައިކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީ ޕީޖީ ލީޑަރުކަމަށް 3 މެންބަރަކު ވާދަކުރައްވައެވެ. އެއީ:

1. މުޙައްމަދު ރަޝީދު ޙުސައިން – އަލިފުށި ދާއިރާ
2. ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް – ކުރެންދޫ ދާއިރާ
3. ޢަބްދުﷲ ޖާބިރު – ކާށިދޫ ދާއިރާ

އެމް.ޑީ.ޕީގެ ޕީޖީ ލީޑަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.

ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ޢަދަދެއްގެ މެންބަރުން ތަމްޞީލުކުރަމުންދަނީ އެމް.ޑީ.ޕީންނެވެ. އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ޖުމްލަ 56 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ