ހަތަރު މިނިސްޓްރީއަކަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށްފި

ޚަބަރު ފަހުގެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދި ހަތަރު މިނިސްޓްރީއަކަށް ވަގުތީ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށްފި އެވެ.

ވަގުތީ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ އިތުރުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އަދި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއަށެވެ.

އިޝްތިހާރު
އިޝްތިހާރު

ވަގުތީ ޕާމަނަންޓް ސެކްރެޓަރީން
* މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް – ފާތިމަތު އަހުމަދު
* މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ – އަހުމަތު ތަލްހަތު
* މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް – އިލްޔާސް އަހުމަދު
* މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ – އިސްމާއީލް ރަޝީދު

ވަގުތީ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަންކުރި މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ.

ޕާމަނަންޓް ސެކްރެޓަރީންގެ މަގާމުގެ މުސާރައަކީ މަހަކު 20،500 ރުފިޔާ އެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބެ އެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ