ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު ޖެނުއަރީ މަހަށް ބަދަލުކުރަނީ

ޚަބަރު ފަހުގެ

ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާ މިއަދު ބައްދަލުކުރައްވައި ޝަފީއު ވިދާޅުވީ ދިރާސީ އާ އަހަރު ޖެނުއަރީ އަށް ބަދަލުކުރައްވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފެށުމަކީ ގޮންޖެހުންތައް ބޮޑުކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި އާންމު ގޮތެއްގައި ދިރާސީ އަހަރު ފަށަނީ ޖެނުއަރީގައެވެ. އެހެންނަމަވެސް އެ އުސޫލަށް ބަދަލު ގެނައީ ކޯވިޑް ހާލަތާއި ގުޅިގެންނާއި ޓުއަރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން 2021 ވަނަ އަހަރުއެވެ.

ދިރާސީ އާއަހަރުގެ ފެށުމަށް ބަދަލު ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: