ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.
ގާނޫނުއަސާސީ ބުނާގޮތުން ރައީސް އައްޔަން ކުރައްވާ ވަޒީރުންނަށް މަގާމުގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
ރައީސް އޮފީހުން ބުނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ރުހުން ހޯދުމަށްޓަކައި މިއަދު ވަޒީރުންގެ ނަންތައް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
އާ ސަރުކާރުގައި ޖުމުލަ 22 ވަޒީރުން ތިއްބަވާއިރު، ބައެއް ވުޒާރާތަކަކީ މުޅިން އަލަށް އުފެއްދި ވުޒާރާތަކެވެ.
ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި