އައްޑޫ ހިތަދޫ ފަތާ ޓުރެކު މޫދު ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެއްނިޖެ

ޚަބަރު ފަހުގެ

އައްޑޫ ހިތަދޫ ފަތާ ޓުރެކު މޫދު ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެއްނިޖެއެވެ.

މިކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ޑިއުޓީ ކުރާ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހަކު، ހޯމަ ދުވަހުގެރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެޔަށް ނާންނަކަމާއި، އެއްވެސް ހަބަރެއް ނުވާކަމަށް އެރޭ ދަންވަރު 12:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރިޕޯޓު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ކަމަށާއި، އެ މަސައްކަތް ކުރަމުން ދަނިކޮށް އެ މީހާ ފެނުނީ ހިތަދޫ ސްވިމިންގް ޓްރެކު ސަރަހައްދު މޫދުން، ދަންވަރު 1:40 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ