ވީއައިއޭގައި ގާއިމްކުރާ އޮޓޯ ބެގޭޖް ހޭންޑްލިން އަދި ސްކީރިނިން ސިސްޓަމް އަންނަމަހު ބޭނުންކުރަން ފަށަނީ

ޚަބަރު ފަހުގެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ގާއިމްކުރާ އޮޓޯ ބެގޭޖް ހޭންޑްލިން އަދި ސްކީރިނިން ސިސްޓަމް އަންނަމަހު ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ ވީއައިއޭގެ އިންޓަނޭޝަނަލް ޑިޕާޗާ ޓާމިނަލްގައި އިން-ލައިން ބެގޭޖް ހެންޑްލިންގ އެންޑް ސްކްރީނިންގ ސިސްޓަމެއް އިންސްޓޯލް ކުރަމުންދާ ކަމަށާއި، ސިސްޓަމް އެއްކޮށް އިންސްޓޯލްކޮށް ބޭނުންކުރަން ފެށޭނީ އަންނަ މަހު ކަމަށެވެ. މި މަޝްރޫއާއެކު ސެކިއުރިޓީ ސްކްރީނިން އޮޕްޓިމައިޒްކޮށް، ރައްކާތެރި، އަދި ފަސޭހަ ދަތުރުތައް ކަށަވަރުކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއޭސީއެލުން ބުނީ މި ބެގޭޖް ސިސްޓަމާއެކު އިންޓަނޭޝަނަލް ޑިޕާޗާ ގޭޓު ކުރިމަތީގައި ގިނައިރު ކިއު ހަދައިގެން ތިބެން ނުޖެހޭނެ ކަމަށާއި، އަވަސް ފަސޭހަ ޚިދުމަތްތަކެއް އާއްމުންނަށް ލިބޭނެ ކަމަށެވެ.

މި ސިސްޓަމުން ޓިކެޓް ކައުންޓަރުގައި ބެގޭޖް ޗެކްއިން ކުރުމުން އޮޓޮމެޓިކުން ބެގޭޖް ސްކްރީނިން އޭރިއާއަށް ގެންދާނެ އެވެ. އަދި ސްކްރީނިން ޕްރޮސެސްގައި އެކްސްރޭ ސްކޭނަރާއި އެހެނިހެން ޑިޓެކްޝަން ޓެކްނޮލޮޖީތައް ވެސް މި ސިސްޓަމުން ބޭނުންކުރާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ