ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެ

ޚަބަރު ފަހުގެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މާލެއިން ފެނިފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިޝާމާ އެވެ. އޭނާ ފެނިފައިވަނީ މިރޭ 22:30 އެހައިކަންހާއިރު މާލެއިން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން މީގެކުރިން ވިދާޅުވީ، އާއިޝަތު ވިސާމާ ނޮވެމްބަރު 16 ވަނަ ދުވަހު މާލެ ގޮސްފައިވާ ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ފޯނުންކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އަދި އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ