މަޖިލީހުގެ ހިނގަމުންދާ ދައުރު އަންނަ މަހު 7 އަށް ދަންމާލަން ފާސްކޮށްފި!

ފަހުގެ ސިޔާސީ

ރައްޔިތުން މަޖިލީހުގެ މި ހިނގާ މިއަހަރުގެ ފަހު ދައުރު އަންނަ މަހުގެ 7 ވަނަދުވަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މި ދައުރު ދަންމާލަން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ތާއީދާއެކުއެވެ. އެކަމަށް ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓް ދެއްވިއިރު ވަކިގޮތަކަށް ވޯޓް ނުދެއްވާ 6 މެމްބަރަކު ތިއްބެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލީހުގެ ދައުރު ދަންމާލަން ނިންމެވި ސަބަބެއް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މި ހިނގަމުންދާ ދައުރު ނިމެން ކައިރިވެފައިވާއިރު، ދައުލަތުގެ ބަޖެޓް ފާސްކުރުން ހިމެނޭހެން މި ދައުރުގައި ނިންމަންޖެހޭ މުހިންމު ގިނަ ކަންކަން ނުނިމި ހުރުމެވެ.

ބަޖެޓްގެ މައްސަލައިގެ އިތުރުން، އައު ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތާ، މަޖިލީހުގެ ރުހުން ބޭނުންވާ އެހެން މަގާމު ތަކުގެ މައްސަލަވެސް މިހާރު ވަނީ މަޖިލީހަށް ހުށަހެޅިފައެވެ. އެކަންކަން ކޮމިޓީ މަރުހަލާގައި އޮތްއިރު، އެ ނިންމައި ވޯޓަށް އެހުންވެސް މިދައުރުގައި ނިންމަން ޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ