ސަރުކާރު ހިއްސާވާ 20 ކުންފުންޏަކަށް އެމްޑީން އައްޔަންކޮށްފި

ޚަބަރު ފަހުގެ

ސަރުކާރު ހިއްސާވާ 20 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރައްވައިފިއެވެ. ކުންފުނިތަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރެއްވުމަށްޓަކައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަންގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕީސީބީން މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސަރުކާރު ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވާ ބޭފުޅުން:
* އަބްދުލް މަތީން މުޙައްމަދު – އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ
* އަބްދުﷲ ޒިޔާދު – އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ
* ހުސައިން ފަހުމީ – ސްޓެލްކޯ މެނޭޖިންގ ޑިރެކްޓަރ
* އިބްރާހިމް ފަޟުލް ރަޝީދު – އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ
* އިބްރާހިމް ޝަރީފް – އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ
* މުޙައްމަދު ވަޖީހު އިބްރާހިމް – އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ
* ޝިމާދު އިބްރާހިމް – އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ
* އިބްރާހިމް އިޔާސް – އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ
* މުޖުތަބާ ޖަލީލު – ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ
* އާމިނަތު ޒީނިޔާ – އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ
* ހަމްދާން ޝަކީލު – ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ
* ހައްވާ ޝިއުނާ – އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ
* މުހައްމަދު ޝަކީލު – މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ
* ސައީދާ އުމަރު – ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ
* ޒީނާ ޒާހިރު – ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ
* ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު – ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ
* މުޢާޒް މުހައްމަދު – ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ
* އަޙްމަދު މުބީން – ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރ
* އަޙްމަދު ނާޠިމް – މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ
* އަޙްމަދު ނިޔާޛު – މޯލްޑިވްސް ޓޫރިޒަމް ކޯޕަރޭޝަން ޕަބްލިކް ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރ

ޕީސީބީގައި ބޭއްވި ރަސްމިއްޔާތެއްގައި މި 20 ކުންފުންޏަށް އައްޔަންކުރެއްވި މެނޭޖިންގ ޑިރެކްޓަރުންވަނީ އެބޭފުޅުންގެ ވަޒީފާގެ އިޤުރާރުގައި ސޮއިކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ