ޕާކިސްތާންގެ ކުންފުންޏަކުން އުފައްދާ ދިޔާބޭސް ރާއްޖޭގައި އެތެރެކޮށް ވިއްކުން މަނާކޮށްފި

ޚަބަރު ފަހުގެ ޞިއްހަތު

ޕާކިސްތާންގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފާމިކްސް ލެބޯރެޓަރީސްއިން އުފައްދާ ދިޔާބޭސް ރާއްޖޭގައި އެތެރެކޮށް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފިއެވެ.

މިބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފައިވަނީ މިކުންފުނިން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް(DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާވާފައިވާތީއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މިކުންފުނީގެ ދިޔާބޭހުގައި ކެމިކަލްގެ މިދެމާއްދާ ހިމެނޭކަމަށް އެލަރޓް ކުރުމުގެ އިތުރުން ރާއްޖޭގެ މާކެޓްގައި ހުރި މިކުންފުނީގެ 2 ބޭހަކުންވެސް ކެމިކަލް ފެނުމުގެ ސަބަބުން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސް ކުންފުނިން އުފައްދާ ދިޔާ ބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭނުން ކުރުމަކީ މަނާކަމެއް ކަަމަށް އެއޮތޯރީޓިން ބުނެއެވެ.

ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސްގެ 6 ބޭހެއް ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ