އިތުރު 17 ނާއިބުން، ނާއިބުންގެ އަދަދު 63 އަށް

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ބޭފުޅުން އައްޔަނުކުރައްވައިފި އެވެ.

މިނިސްޓަރުންގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:

އިޝްތިހާރު
އިޝްތިހާރު

* މިނިސްޓަ އޮފް ފޮރިން އެފެއާޒުގެ ނައިބު – އިބްރާހިމް ޝާޒް ހަބީބު، ހ. ޖާވާ
* މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު – އަމާނީ މުހައްމަދު، މަތިމަރަދޫ. ރޯޒީސައިޑް، ލ. ގަން
* މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބު – އާމިނަތު ނާޒިމާ، ހ. ފައިންޕާކް
* މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބު – އާމިނަތު މާރިޔާ، މ. ހަވާއީ
* މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބު – ޝަޖާހު ފިރާގު، ސައުދީމަންޒިލް، ހއ. ބާރަށް
* މިނިސްޓަ އޮފް ހެލްތުގެ ނައިބު – އަލީ ނާސިރު، ހަވާސާ، ލ. މާބައިދޫ
* މިނިސްޓަ އޮފް ޓޫރިޒަމްގެ ނައިބު – ނާޝިމާ އަބްދުއްލަތީފް، މ. ލައިޓުޝެޑޯ
މިނިސްޓަ އޮފް ޓޫރިޒަމްގެ ނައިބު – އިބްރާހިމް ސުއޫދު، ބޮޑުކެކުރިމާގެ، ހއ. ބާރަށް
* މިނިސްޓަ އޮފް ޓޫރިޒަމްގެ ނައިބު – އަޝްހަދު ސައީދު، އަބުގަސްދޮށުގެ، ގއ. ދެއްވަދޫ
* މިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު – ހަސްމާ ހަސަންމަނިކު، ދެރަހަ، ގދ. ހޯނޑެއްދޫ
* މިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު – އާމިނަތު ނަމްޒާ، މ. ހަނީކޯމްބް
* މިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު – އާމިނަތު އިސްމާއީލް، މ. ޗާލޮޓް
* މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އަބަން ޑިވެލޮޕްމަންޓްގެ ނައިބު – އަޒުހަރު އަބްދުﷲ ސައީދު، ސީނާޒް، ގދ. މަޑަވެލި
* މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބު – އިބްރާހިމް ޔާސިރު، ވ. އެލަމް
* މިނިސްޓަ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބު – އާމިނަތު ޝަޝީ، މ. ހާފުސް
* މިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބު – މަރްޔަމް ޝިއުނާ، ހުޅުމާލެ. ފްލެޓް 02-3-160
* މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ނައިބު – އިބްރާހިމް ފަޔާޒް، މ. މެރީޑްރީމް

މިއަދު އައްޔަން ކުރި ބޭފުޅުންނާ އެކު މިނިސްޓަރުންގެ ނައިބުގެ މަގާމަށް މިހާތަނަށް 63 ބޭފުޅަކު ވަނީ އައްޔަން ކޮށްފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ގައި 22 މިނިސްޓްރީ ހިމެނެ އެވެ. ރައީސް މުއިއްޒު ވަނީ މަތިކުޑަ ސަރުކާރެއް ހިންގަވާނެ ކަމަށް ވައުދުވެވަޑަައިގެންފައެވެ.

ސިޔާސީ މުވައްޒިފުންގެ އަދަދު 700 ގައި ހިފަހައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ