ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރުމަށްޓަކައި “ކޯ ގްރޫޕެއް” އެކުލަވާލަން ނިންމަވައިފިއެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރުމަށް އިސް ވެރިންގެ ގްރޫޕެއް އެކުލަވާލައްވަން ނިންމަވާފައިވަނީ ދުބާއީގައި ކުރިއަށްދާ ކޮޕް28ގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒުއާ އެކު ބޭއްވެވީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ގުޅިގެން މަސައްކަތް ކުރުމުގެ އުއްމީދުގައި ހުންނެވި ކަމަށެވެ.

އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބާގްޗީ އެ މަޝްވަރާތަކާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބޮޑު ވަޒީރު މޯދީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އޭގެ ތެރޭގައި އިޤްތިޞާދާއި ތަރައްގީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅުން ހުރި ދާއިރާތަކާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރުމަށްޓަކައި ކޯ ގްރޫޕެއް އެކުލަވާލައިގެން ކުރިއަށްދާން ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް އަރިންދަމް ވިދާޅުވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ