ހަނިމާދޫ ގޮށްކޮޅު ދަމާ ގެންދިއުން

ހަނިމާދޫ ވާހަކަ ފަހުގެ

ދިވެހިރާއްޖޭގެ އެކި ރަށްރަށަށް ނިސްބަތްވާ ތަފާތު ފުލޯކު ވާހަކަތައް ހުރެއެވެ. އެވާހަކަ ތަކުގެ ތެރެއިން މިފަހަރު ގެނެސްދޭން މިއުޅެނީ ހަނިމާދޫ ގޮށްކޮޅު ދަމާގެންދަން ބަޔަކު އުޅުނު ވާހަކައެވެ.

މި ވާހަކައިގައި ހިމަނާފައިވާ އެންމެހާ ވަހަކަ ތަށް ހިމަނާފައި މިވަނީ ދުވަސްވީ މީހުންގެ ފަރާތުން އަހުރެނަން މިވާހަކަ ކިޔައިދީފައިވާ ތަފާތު އެކި ގޮތްތައް އެއްކޮށްލުމަށްފަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ވާހަކައާއިގެން ކުރިޔަށް ދަމާހިގާށެވެ. ހދ. ހޮނޑައިދޫ ރައްޔިތުންނަށް އުދަގޫ ކުރަން އެރަށަށް އަރާ އުޅުނު ބޭރިއެއް އެރަށުގެ ރައްޔިތުން މެރިކަމަށްވެއެވެ. އަދި އެބޭރި ރަސްގެފާނަން ވެދުމަށް އަރުވަން ނިންމާ އެބޭރި ހިފަގެން މާލެއަށް ގޮސް ރަސްގެފާނަން ވެދުމަށް އެރުވިއެވެ. (މެރި ބޭރިއަކީ ކަނޑުކުކުޅެއް ކަމަށްވެސް ވާހަކަ ކިޔައިދިން ބައެއް ފަރާތްތަކުން ބުނެއެވެ.)

ރައްޔިތުންނަން އުދަނގޫ ކުރާ ބޭރިއެއް މަރާލުމަށްފަހު ރަސްގެފާނުގެ އަރިހަށް އައުމުން ރަސްގެފާނު އެރަށުގެ ރައްޔިތުންނަށް އެކަމުގެ އަގުވަޒަންކޮށް ތަޅުން މަތީ ހަނޑޫ (ހަނޑޫ ގުދަން ކޮށްފައި ހުންނައިރު ގުދަނަށް ފައިބާފައި ހުންނަ ހަނޑޫ) ދިނުމަށް ނިންމިއެވެ. އެހެނަސް އެރައްޔިތުން ބުނީ ތަޅައި މަރައިގެން ހަނޑޫ ބޭނުން ނުވާ ކަމަށެވެ.

ރަސްގެފާން ދެއްވި ހަދިޔާ ބަލައި ނުގަތުމުން އިރު ކޮޅަކު ފިކުރާ ކުރެއްވުމަށްފަހު ރަސްގެފާނު އަނެކާވެސް އިނާމެއް ދެއްވިއެވެ. މިފަހަރު ދެއްވީ މިސްކިތު ފުރާޅު މައްޖަށް ފީފަރިދޫއެވެ.

ރަސްގެފާނު ބަސް އިއްވެވުމާއިއެކު ދަރުބާރަށް ހާޒިރުވި އެ ރަށުގެ ރައްޔިތުން ބުނީ މިސްކިތު ފުރާޅު ވަރަށް ކުޑަވާނެ ކަމަށާއި އޭގެ މައްޗަށް އެރަށް ލައިގެން ނޫޅެވޭނެ ކަމަށެވެ.

މި ޖަވާބާއެކު ރަސްގެފާން ކުޑަކޮށް ބަސްހަރު ކޮލާފައި ބުނިކަމަށްވެއެވެ. އަހަރެން ދިން އެއްވެސް ހަދިޔާއެއް ކަލޭމެންނަށް ކަމު ނުދިޔަތާއެވެ. ނިކަން ކަލޭމެން ހިތްރުހޭ ކަމަކުން ބުނެބަލާށެވެ.

އެޔާއިއެކު އެމީހުން ބޭނުންވާ ގޮތް އިއްވިއެވެ. އެމީހުން ބޭނުންވީ ޖަހާ ކުޅެން ތުރާކު ފަޅާއި ރަށް ބޮޑު ކޮށްލަން ހަނިމާދޫ ގޮށްކޮޅެވެ. ބޭނުންވާ ކަންތައް ބުނުމާއިއެކު ރަސްގެފާނު ވިދާޅުވި އެވެ. އެދުނު ދެތަންވެސް ގެންދާށޭ ދެއްވައިފީމެވެ.

ލިބުނު ހަދިޔާ އެކު ރަށަށް އައިސް ވަރުގަދައަށް ދަތުރު ހަދާ ހަނިމާދޫ ގޮށްކޮޅު ގެންދަން އެބައިމީހުން އައެވެ. ހަނިމާދޫ ގޮށްކޮޅަކީ ހަނިމާދޫ ދެކުނު ފަރާތުގައި ހިމަ ދިގުކޮން އޮންނަ ސަރަހައްދެވެ.

ރަށުގެ އެސަރަހައްދު ގެންދިއުމަށް ކުރެދި ގަހެއްގައި ވާޖަހާ އޮޑި ފަހަރަށް އަރާ ފަލި ޖަހަން ފެށިއެވެ. އިރު ތަކެއްގެ ފަލި ޖެހުމާއެކު ވަލަށް ލުއި ލިބި ދޯނި ކުރިއަށް ޖެހިލައިފިއެވެ. ވީ އުފަލުން އަންބާ ކިޔާ ޖޯޝުގައި ފަލި ޖަހަން ފަށައިފިއެވެ.

” އާކަލޯ ބާރަށް ޖަހާ، ހަނިމާދޫ ގޮށްކޮޅު އެބަ އާދޭ، ދަމާގެނޭ ބާރަށް ޖަހާ”

ރަށާއި ހަމައަށް ގޮސް ބެލިއިރު އައީ ހަނިމާދޫ ގޮށްކޮޅެއް ނޫނެވެ. ވާއެއްސި ކުރެދި ގަހެވެ. އެއްބަޔަކު ބުނާ ގޮތުންނަމަ ވާ އެއްސި އޮފިގަނޑެވެ. މިހާރުވެސް އެރަށުގެ ދެކުނުފަރާތުގައި އެކުރެދިގަސް ފެންނަން އެބަހުރިކަމަށް ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ