ފައިސާއަށް ހަށިވިއްކި ދެ މީހަކު ހައްޔަރުކޮށްފި

ފަހުގެ

ފުލުހުން ބުނީ ގދ.ތިނަދޫގައި ފައިސާއަށް ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 23:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލޭންޑްގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ބަދުއަޚްލާގީ އަމަލު ހިންގަމުންދަނިކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައެވެ. އަދި އަންހެން މީހާ ހަތަރު ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ