މަޖިލީހުގެ ނައިބު ރައީސްކަމަށް ރޮޒައިނާ، ޖާބިރު، އަދި ސަލީމް

ފަހުގެ ސިޔާސީ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމާއެކު، އެމްޑީޕީގެ ތިން މެންބަރަކު އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފިއެވެ.

އީވާގެ އިތުބާރު ނެތް މައްސަލައިގެ މަސައްކަތް މިއަދުގެ ޖަލްސާގައި ފަށައި، ޖަވާބުދާރީ ވެވަޑައިގަންނަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަ ނިންމަވާލައްވަމުން އީވާ ވަނީ މަގާމުން އިސްތިއުފާ ދެއްވާ ކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލާނެ މެންބަރަކު ހޮވުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް މިއަދު މެންދުރު ފަހަށް ވަނީ ތާވަލް ކޮށްފައެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލާނެ މެންބަރަކު ހޮވުމަށް ހަމަޖެހިފައި ވަނީ އެ ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ. މި ވޯޓު ނެގުން އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅު ކުރައްވާފައި ވަނީ ތިން މެންބަރުންނެވެ. އެއީ:

* އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
* ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
* ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

މަޖިލީހަށް ނައިބު ރައީސަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:30 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ