ޑިކޮމްރެޓްސްގެ ރައީސްކަމަށް ހަސަން ލަތީފު އިންތިޚާބު ވެއްޖެއް

ފަހުގެ ސިޔާސީ

އިއްޔެ ކުރިއަށްދިޔަ ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ކާމިޔާބުކޮށް، އެ ޕާޓީގެ ރައީސަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މިވަގުތު ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު ހޮވިއްޖެ އެވެ.

މިއިންތިޚާބުގެ ނަތީޖާ އިއުލާން ކޮށްފައިމިވަނީ، އިންތިޚާބުގައި ވޯޓުލުން ކުރިޔަށް ދިޔަތާ 24 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ވަގުތީ ނަތީޖާ އިއުލާން ނުކުރެވި ދިއުމުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ޑިމޮކްރެޓްސް ޕާޓީން އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ހަސަން ލަތީފު އިންތިހާބު ކާމިޔާބުކުރެއްވީ 1،704 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި، ނިމިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރުއަށް ލިބުނީ 1،300 ވޯޓެވެ. ޕާޓީގެ ރައީސް އިންތިޚާބު ކުރުމަށް ބޭއްވުނު ވޯޓުގައި 50 ވޯޓު ބާތިލް ވެފައި ވެއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ އިއްޔެ ހެނދުނު 10:00އިން ހަވީރު 16:00އާއި ހަމައަށެވެ. ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 5883 ފަރާތަކަށް ލިބޭކަމަށް އެޕާޓީން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ