ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓައިފި

ޚަބަރު ފަހުގެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ބައްސާމް ޕާސްޕޯޓް ހިފަހައްޓާފަ މިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފަ ވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް އަމާޒުވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަށް ކަމަށާއި ހެކި ހޯދުމަށް ފަހު ދައުވާ ކުރާނެ ކަމަށް ވެސް ޕީޖީން ބުނެފައިވެ އެވެ.

ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން، އެފްއޭއެމަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން އޭގެ ސާފު ކިތާބީ ހެކި ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަން އެބަހުރި ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަށް ފުލުހުން ތަހުގީގު ފަށައި މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށްވަނީ ވަދެފަ އެވެ. އަދި އެތަނަށް ވަދެ އެ އިދާރާގެ ގިނަ އަދަދެއްގެ ލިޔެކިޔުމާއި، ސާވާ ބެކަޕް އަދި ހާޑް ޑިސްކުތަކެއްވަނީ ގެންގޮސްފަ އެވެ. މައުލޫމާތު ލިބިފާވާ ގޮތުގައި މި މައްސަލައާ ގުޅިގެން ބައްސާާމްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ