ހިޔާ ފްލެޓާއި ވިނަރެސްގެ ކުލި ކުޑަކޮށްފި

ޚަބަރު ފަހުގެ

ހިޔާ ފްލެޓްގެ ކުލި ހަތް އަހަރުގެ މުއްދަތަށް ކުޑަކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތައް ހެދުމަށްޓަކައި، ފްލެޓް ލިބުނު ފަރާތްތަކުން އަގުގެ 200،000ރ. އުނިކޮށް ދިނުމަށްޓަކައި ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތަށް ހަމަޖެއްސުމުން ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްގެ މަހު ކުއްޔަށް ދައްކަން ޖެހޭނީ 3،900ރ. ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި 3،300ރ. އަށް ކުޑަކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ހިޔާ ފްލެޓްތައް ހަދަން ހޭދަކުރި ފައިސާ އަނބުރާ ދިނުމާއި އެހެން ފްލެޓްތަކުގެ އަގު ކުޑަކޮށް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ