އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު 4 މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މިދިޔަ އާދިއްތަ ދުވަހު، އައްޑޫ ސިޓީގައި ހިނގާ ދިޔަ މާރާމާރީ އާއި ގުޅިގެން އިތުރު 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18، 20، 21 އަދި 23 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިމާރާމާރީއާއި ގުޅިގެން މީގެ ކުރިންވެސް ވަނީ 5 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އެ ދުވަހު ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރު ކުރި 4 މީހަކާއި، އިއްޔެ ހަރުކުރި މީހެކެވެ.

މިދިއަ ހުކުރު ދުވަހުވެސް، އައްޑޫ ސިޓީގައި ވަނީ މާރާމާރީއެއް ހިންގާފައެވެ. މި މާރާމާރީ އާއި ގުޅިގެން ޖުމްލަ 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އައްޑޫގައި ހިނގާދިޔަ މި ދެ މާރާމާރީގައި ވެސް 2 މީހަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އާދިއްތަ ދުވަހު ހިނގާދިޔަ މާރާމާރީގައި ޒަޚަމްވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހުކުރު ދުވަހު، ހިނގާދިޔަ މާރާމާރީގައި ޒަޚަމްވި މީހާގެ ހާލު ސީރިއަސްވެ، މިހާރު އޭނާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

މި މާރާމާރީތަކާއި ގުޅިގެން ފުލުހުންވަނީ އައްޑޫ ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެކަމާއި ގުޅޭ ޚާއްސަ އޮޕަރޭޝަނެއް، އައްޑޫގައި ހިންގަން ފަށާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ