ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފުލެޓުގެ އެޕާޓްމެންޓެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފިއެވެ.
ފުލުހުން މިރޭ ބުނީ އެ މާރާމާރީގެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުން ކަމަށެވެ.
މާރާމާރީގައި އަނިޔާވި މީހާ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ.
މިފަހުން މާލޭގައި ވެސް ތިން މާރާމާރީއެއް ހިންގައިފައެވެ. އަދި އައްޑޫ ސިޓީގައި ވެސް ވަނީ ދެ މާރާމާރީއެއް ހިންގައިފައެވެ.