ހިޔާ ފްލެޓްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ހިޔާ ފްލެޓެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ހިޔާ ފްލެޓްގެ ހަ ނަންބަރު ޓަވަރުގެ އެޕާޓްމަންޓެއްގެ ތެރޭގައި 22 އަހަރުގެ މީހަކަށް ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އޭނާއަށް ހަމަލާދީފައިވަނީ އައިލާ ތެރޭގައި ޖެހުނު މައްސަލައެއްގައިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަނިޔާ ލިބުނު މީހާގެ ހާލަތާ ގުޅޭ އަދި އިތުރު އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ