މިއަދު ފުލުހުން ގެއްލިގެން ހޯދަން އިއުލާނުކުރި ނ. މިލަދޫ ގުމުރީގެ، މުއްރަތު އަލީ، 30، މިހާރު އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެ މީހާ ގެއްލިފައިވަނީ މާލޭ ސަރަހައްދުންނެވެ. އެ މީހާއަކީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެ މީހާ ގެއްލިގެން ހޯދަން އާންމުންގެ އެހީއަށް އެދިފައިވަނީ މިއަދު 10:00 އެހާކަންހާއިރެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މިއަދު އެ މީހާ ހޯދަން އިއުލާނު ކުރުމަށް ފަހު، ފުލުހުން ބުނެފައިވަނީ އެ މީހާ މިހާރު އަމިއްލައަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފުލުހުންގެ މަރުކަޒަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި، އެ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގެއްލިގެން ހޯދަން އިއުލާނުކުރާ މީހުން ވަރަށް ގިނަ ފަހަރަށް މާ ގިނައިރުތަކެއްނުވެ، ފެނެއެވެ.