ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާ ހުޅުވާލައިފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން މި މަހު 23 ގައި ބާއްވާ ޕްރައިމަރީއަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވާދަކުރަން ޝައުގުވެރިވާ މީހުންނަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީއެންސީގެ އާ އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައަޅާނެ ގޮތާ ބެހޭ އުސޫލެއް އެކުލަވާލާފައި ކަމަށެވެ.

“ޕްރައިމަރީއަށް ކުރިމަތިލެވޭނީ އަދި ޕްރައިމަރީގައި ވޯޓު ދެވޭނީ މި މަހުގެ 10ގެ ނިޔަލަށް ޕާޓީއާ ގުޅޭ މެމްބަރުންނަށް އެކަނި. ޕްރައިމަރީ ބާއްވާނީ މިމަހުގެ 23ގައި،” އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ 23 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ