ކުރީގެ ރައީސް ޔާމީން ޕީއެންއެފަށް

ފަހުގެ ސިޔާސީ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވައިފި އެވެ.

ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރަމުން އަންނަ ޕީއެންއެފަށް އެމަނިކުފާނު ސޮއިކުރެއްވީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޔާމީން ވަނީ ޕީއެންއެފްގެ މެންބާޝިޕް ފޯމް ފުރުއްވާ ސޮއި ކުރައްވާ އެ ފޯމް ޕީއެންއެފާއި ހަވާލު ކުރައްވާފައެވެ. ފޯމާއި ހަވާލުވެވަޑައިގެންނެވީ ޕީއެންއެފް އުފެއްދުމު ގައި އިސްކޮށް ހުންނެވި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

ޕީއެންއެފް އުފައްދަނީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ މުއައްސިސް ކަމުގައެވެ. ކުރީން ބެލެވިފައި އޮތީ ޕީއެންއެފަށް ފުރަތަމަ ސޮއި ކުރެއްވީ ޔާމީނެވެ. ނަމަވެސް ޕީއެންއެފުން ބުނީ ޔާމީން އެ ޕާޓީއާ ގުޅިވަޑައިގަތީ މިރޭ ކަމަށެވެ. އަދި މިރޭ އެމަނިކުފާނު ޕީއެންއެފާއި ގުޅިވަޑައިގަތީ މަސްވެރީންގެ ދުވަހާ ގުޅުވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އަދި ޕީއެންއެފަކީ ރައީސް ޔާމީންގެ ޕާޓީ ކަން ރައްޔިތުންނަށް މިރޭ ހާމަ ވެެެގެންދާނެ ކަމަށް ވެސް ބުންޏެވެ.

ކުރީގެ އަބްދުﷲ ޔާމީން ޕީޕީއެމްގެ ރައީސް ކަމުން ވަކިވެވަޑައިގެން އެ ޕާޓީ ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން ނިންމަވާފައިވާކަން އެމަނިކުފާނުގެ ފަރާތްޕުޅުން ގާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހްމަދު އިއުލާނު ކުރެެއްވީ ނޮވެންބަރު 23 ވަނަ ދުވަހު ގެ ރެ އެވެ.

ޔާމީން އަދިވެސް ހުންނެވީ ހުކުމެއް ގައެވެ. ބައެއް ލުއިތައް އޮތް ނަަމަވެސް ހުންނެވީ ގޭ ބަންދު ގައެވެ. މިރޭގެ އިވެންޓް ގައި ޔާމީން ބައިވެރިވެވަޑައިގެންނެވީ ކަރެކްޝަންގެ ހުއްދަ އާއެކު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. މީގެ ކުރީން ސިޔާސީ ބައެއް ކަަންކަމުގައި އެމަނިކުފާނު އުޅުއްވާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ

އެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ