ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮރިން ސެކްރެޓަރީގެ މަގާމަށް މައްޗަންގޮޅި ރެސްޓިންގހައުސް، ފާތިމަތު ޢިނާޔާ އައްޔަނުކުރައްވައިފިއެވެ.

މިއީ ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. އިނާޔައާ މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވީ އަންގާރަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒުއެވެ.

އިޝްތިހާރު
އިޝްތިހާރު

އިނާޔާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. އޭނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ