މާފުށި ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

ޚަބަރު ފަހުގެ

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަަކު މިއަދު މަރުވެއްޖެ އެވެ.

މަރުވީ ސްވިޓްޒަލެންޑަށް ނިސްބަތްވާ ޕީޓަ ތޯމަސް ޑަސް (59 އަހަރު) އެވެ.

އިޝްތިހާރު
އިޝްތިހާރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޕީޓަ ކުއްލިއަކަށް ހޭނެތިގެން ގޮޅިތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް އަވަސް ފަރުވާ ދިން ކަމަށެވެ. އަދި މާފުށީ މެޑިކަލް ސެންޓަރަށް ގެންގޮސް ބެލުމަށްފަހުވެސް ނޭވާ ލާތޯ މަސައްކަތް ކުރި ކަމަށެވެ.

ހިތް ހުއްޓިގެން ޕީޓަ މަރުވި ކަމަށް ޑޮކްޓަރު ކަނޑައެޅީ މިއަދު ހަވީރު 4:01 ގައި ކަމަށްވެސް ކަރެކްޝަނުން މައުލޫމާތު ދީފައިވެ އެވެ.

ޕީޓަ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހެކެވެ.

ޕީޓަ މަރުވުމާ ގުޅިގެން އެ މައުލޫމާތު އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ