ގުޅީގެ އިޚްތިޞާޞުން ފުށިދިއްގަރުފަޅު ވަކިކުރައްވައިފި

ޚަބަރު ފަހުގެ

މާލެއަތޮޅު ގުޅީގެ އިދާރީ ދާއިރާގެ އިޚްތިޞާޞުށް ބަދަލުގެނެސް، އެރަށުގެ އިޙްތިޞާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވާގޮތުގެ މަތިން ކ.ގުޅީގެ އިދާރީ އިޚްތިޞާޞަށް ބަދަލު ގެނައުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އެގަރާރު ގެޒެޓުކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިން އޮތް ގޮތުން ފުށިދިއްގަރުފަޅުގެ ބައެއް ގުޅީގެ އިޚްތިޞާޞްގެތެރޭގައި ހިމެނެއެވެ. ފުށިދިއްގަރުފަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ހިންގުމަށް ނިންމާފައިވާ ތަނެކެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައަޅުއްވާ އެންމެ ބޮޑު ޙައްލަކީ، މާލެ ކައިރި “ފުށިދިއްގަރުފަޅު” މަޝްރޫޢުއެވެ.

އެމަނިކުފާނުގެ “ހަފްތާ 14″ގައި ހިމަނުއްވާފައިވަނީ ކުރިއަށް އޮތް 14 ހަފްތާގެ ތެރޭގައި، ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށެވެ.

މިއީ ވެރިކަމެއްގައި މިހާ ކުރީކޮޅު، ބޯހިޔާވަހިކަމުގެ މިފަދަ ބިޔަ މަޝްރޫޢުއެއް ފަށްޓާވާ ފުރަތަމަ ވެރިކަމަށްވެގެންދާނެއެވެ. އެމަނިކުފާނުގެ ވެރިކަމުގެ 14 ހަފްތާ ހަމަވާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

ފުށިދިއްގަރުފަޅު ތިންމަސްދުވަހުގެ ތެރޭގައި ހިއްކަން ފަށައި، 8 މަސްދުވަހުން ނިންމެވުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. މި ޕްރޮޖެކްޓްގައި 1280 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ.

އެމަނިކުފާނު އިޢުލާންކުރައްވާފައިވަނީ ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ފްލެޓް ދޫކުރުމަށެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ކަނޑައެޅުއްވިއެވެ. ނަމަވެސް ބަޖެޓު ދިރަސަކުރުމުގެ މަރުހަލާގައި ވަނީ ކޮމިޓީން އެ ފައިސާ އުނިކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ