މީހަކު ރަހީނުކޮށް އޮރިޔާ ކާޑު ހެދުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

ޚަބަރު ފަހުގެ

މީހަކު ރަހީނުކޮށް މާރާމާރީ ހިންގައި ރަހީނުކުރި މީހާގެ އޮރިޔާ ކާޑު ހެދުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ތިން ފިރިހެނުން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެއީ 25 އަހަރާއި 26 އަހަރާއި 27 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 25 އަހަރުގެ މީހާއަށް 12 ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، އެ ތިން މީހުންނަށް ކުރަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމާއި ބިރު ދެއްކުމާއި ފޭރުމާއި ވައްކަން ކުރުމުގެ އިތުރުން އޮރިޔާންކާޑު ހެދުމުގެ ތުހުމަތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ