ރާއްޖެއަށް ބަންގްލަދޭޝްއިން ބިދޭސީން އަލުން ގެނެވޭގޮތް ހަމަޖައްސަވައިފި

ޚަބަރު ފަހުގެ

މިއަދުން ފެށިގެން ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުން ރާއްޖެއަށް ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝަށް ނިސްބަތްވާ އަންސްކިލްޑް ލޭބަރުން މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެއަށް އެތެރެވެވޭނެ ގޮތް ހަމަޖައްސަވާފައިވާކަމަށެވެ. އަދި މިއާއެކު އެހެން ޤައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނައުން މިވަގުތު މަޑުޖައްސާލާފައިވާކަމަށްވެސް އެމިނިސްޓްރީގެ އިޢުލާންގައިވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓްރީން ވިދާޅުވީ 17 ޑިސެމްބަރުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑުކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސްކޮށްދޭނެކަމަށެވެ.

ސަރުކާރުން މިގޮތަށް ހަމަޖައްސަވާފައިވާއިރު މިކަމުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރައްވައެވެ.

ކުރީގެ ސަރުކާރުންވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އަންސްކިލްޑް ލޭބަރުން ނުވަތަ މަސައްކަތްތެރިން ރާއްޖެއަށް ގެނައުންވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އޭރު އެގޮތަށް ނިންމެވީ ރާއްޖެއަށް އެތެރެވެފައިވާ ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުންގެ ޢަދަދު އެއްލައްކައަށްވުރެ އިތުރުވުމުންނެވެ.

ރާއްޖޭގައި މިވަގުތު އެއްލައްކަ ތިރީސްހާހަށްވުރެ ގިނަ ބަންގްލަދޭޝްގެ ލޭބަރުން ތިބިކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ