ޑިސެމްބަރު 31 އިން ޖެނުއަރީ 2 އަށް ބީއެމްއެލް ބަންދު

ޚަބަރު ފަހުގެ

ޑިސެމްބަރު 31 އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދު ވާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

މި މުއްދަތުގައި ބޭންކިން ހިދުމަތް ހޯދުމަށް އިންޓަނެޓް ބޭންކިން އަދި ސެލްފް ސާވިސް އޭޓީއެމް ބޭނުންކުރުމަށް އެ ބޭންކުން ވަނީ އެދިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކްގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އާއި ވެބް ޗެޓް އަދި ބޭންކްގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ އެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކްގެ ކަސްޓަމަރުންނަށް އާ އަހަރުގެ ތަހުނިޔާވެސް ފޮނުވާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ