ކާޑު ލިމިޓު 1،200 ޑޮލަރަށް ބޮޑުކޮށްފި

ޚަބަރު ފަހުގެ

ބީއެމްއެލްގެ ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް މަހަކު ޑޮލަރު ނެގޭ ލިމިޓު 1200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމެވި ބައެއް މުހިއްމު ނިންމެވުންތަކުގެ މައުލޫމާތު ހިއްސާކުރަން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ޑޮލަރު ނެގޭ ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނާޡިމް ވިދާޅުވީ ޑޮލަރު ލިމިޓު އުވައިލުމުގެ ކަންކަން ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެހެންވެ، ފުރަތަމަ މަރުހަލާފައި އަދި ޑޮލަރު ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

ކުރިން އޮތް ގޮތުން، ބީއެމްއެލްގެ ކްރެޑިޓު އަދި ޑެބިޓު ކާޑު މެދުވެރިކޮށް ނެގެނީ މަހަކު 750 ޑޮލަރެވެ. އެއީ، ކޮވިޑަށް ފަހު ކުރިމަތިވީ އިގުތިސާދީ ހީނަރުކަމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަނޑައެޅި ލިމިޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ