ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 10 ރަށަކަށް

ޚަބަރު ފަހުގެ

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ‘އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު’ގެ ދަށުން 2020 ވަނަ އަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފި އެެވެ.

މި ފަނަޑު ބޭންކުން ތައާރަފްކުރީ 2019 ވަނަ އަހަރުއެވެ. މި 10 ރަށަށް މި ފަންޑުގެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވުމުން 40 ރަށެގައި މި ފަންޑުން އެހީ ތެރިވެވުނީއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ގޮތުން 2020 ވަނަ އަހަރުގެ ފަހު ފިޔަވަހީގައި ހޮވުނު 10 ޕްރޮޖެކްޓަކީ:

  1. ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން –- އިބްރާހިމް ނިޝާމް އަހުމަދު
  2. ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން –- ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވަސް
  3. ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން –- ވެސްޓް ވިންގްސް އޭދަފުށި
  4. ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން – ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯޓްސް އެސޯސިއޭޝަން (ކީސާ)
  5. ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން –- ޗިލްޑްރަން އޮފް މޯލްޑިވްސް
  6. އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން – ރިވަލޫޝަނަރީ ބޮޑުފުޅަދޫ ޖެނެރޭޝަން
  7. އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން –- އާދަމް އަފްސަލް
  8. ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން — ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
  9. ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން — ސާސްޓްރާ ކޮމުއުނިޓީ
  10. ގދ. ހޯޑެއްދޫގައި ނޭޗަރ ޕާކް ތަރައްގީ ކުރުން –- ހޯޑެއްދޫ ސްޕޯޓްސް
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ