އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަން ކުރައްވައިފި

ޚަބަރު ފަހުގެ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު(ސީއީއޯ)ގެ މަގާމަށް ޑރ. މަރްޔަމް ޒުލްފާ އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޒުލްފާ އައްޔަން ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މިއަދުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޒުލްފާ ވަނީ މީގެ ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. ޒުލްފާ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.

އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓާ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލްކުރައްވާފައިވާ ޒުލްފާ ވަނީ އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލްއެލްއެމް) ވެސް ހާސިލް ކުރައްވާފައެވެ.

މީގެއިތުރުން ޒުލްފާ ވަނީ ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ.) ހާސިލްކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ