ކައުންސިލު އިންތިހާބު ވެގެންދާނީ ދިވެހި ތާރީޚުގައިވެސް ފެންނަ އެންމެ ހުދުމުހުތާރު އިންތިހާބަށް: ޝުޖާޢު

ޚަބަރު ފަހުގެ ސިޔާސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވެގެން ދާނީ ދިވެހި ތާރީހުގައިވެސް ފެންނަ އެންމެ ހުދުމުހުތާރު އިންތިހާބަށް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޝުޖާޢު ވިދާޅުވީ ކައުންސިލް އިންތިހާބު ވެގެން ދާނީ ދިވެހި ރައްޔިތުންނަށް، އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގަށް އެންމެ ބޮޑު ހުރަސްތައް ކުރިމަތި ކުރުވާނެ އިންތިހާބަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ދިވެހި ތާރީހުގައި މިހާތަނަށް ބޭއްވޭނެ އެންމެ ހުދު މުހުތާރު އިންތިހާބަށް ވެގެންދާނެ” ޝުޖާއު ވިދާޅުވިއެވެ.

ޕީއެންސީ ގެ ނައިބު ރައީސް މިފަދައިން ވިދާޅުވިއިރު، ކުރިއަށްއޮތް ކައުންސިލު އިންތިހާބު ބާއްވަން އިލެކްްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކުރާނީ ކެމްޕޭނު ކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް އޮންނަ ކަމަށްވާނަމަ ކަމަށް އީސީ ގެ ރައީސް އަހުމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ޝަރީފު ވިދާޅުވީ އެހުއްދަ ޖެނުއަރީ ފަހެއްގެ ކުރިން ނުލިބޭ ނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

އިންތިހާބެއް އިއުލާނުކުރާއިރުގައި އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހަމަހަމަ ގޮތަކަށް ލިބިފައި އޮތްތޯ ނެތްތޯ ޔަގީން ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު ގާނޫނީ ޒިންމާއެއް ކަމަށް ވެސް އީސީ ގެ ރައީސް ވިދާޅުވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ