ދިވެހި ރާއްޖޭގެ ޒަކާތު ހައުސް އިފްތާތާޙްކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގެ ޒަކާތުގެ ކަންކަން ޒަމާނާއި އެއްގޮތަށް ޝަރީޢަތުގެ އަލީގައި ކުރިއަށް ގެންދިއުމަށް ޤާއިމް ކުރެވޭ ޒަކާތު ހައުސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތާޙް ކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޙަފްލާގައި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްލާމިކް މިނިސްޓްރީގެ ދަށުން ޤާއިމް ކުރެވޭ ޒަކާތު ހައުސް އަކީ، ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމަށް ޤާއިމް ކުރެވޭ ތަނެކެވެ. މީގެ އިތުރުން ޒަކާތު ހައުސްގެ ތެރެއިން ފުދުންތެރި މުޖުތަމަޢެއް ބީނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ މި ހަފްލާގައި ދައްކާލައިފައިވާ އިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.

މި ޙަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޒަކާތު ހައުސް ބިނާކުރުމަށް ރައީސް އިސްނަންގަވައި އެކަމުގައި ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި ޒަކާތު ހައުސްއެއް ބިނާކުރުމަކީ ރައީސް މުއިއްޒުގެ ހަފްތާ-14 މަގުޗާޓުގައި ފާހަގަކޮށްފައި މުހިންމު ލަނޑުދަނޑިއެކެވެ. ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ޒަކާތުގެ ހުކުމްތަކާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމު އާންމުންނާއި ވިޔަފާރިތަކާއި ދައުލަތުގެ މުޢައްސަސާތަކަށް ހިންގަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޮންމެ 6 މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް އެ އިދާރާގެ މަސައްކަތުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ