ޙައްޖާއި އުމްރާގެ މަހާސިންތާގައި ޑރ.ޝަހީމް ބައިވެރިވެވަޑައިގެންފި

ޚަބަރު ފަހުގެ

ޙައްޖާއި އުމްރާގެ ޚިދުމަތުގެ މައުރަޒު އަދި ކޮންފަރެންސްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ.

ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސަކީ ޙައްޖާއި ޢުމްރާއާ ގުޅޭ ފާހަގަކޮށްލެވޭ ނިންމުންތައް ނިންމާ ފަރާތްތަކާއި، ތަޖުރިބާކާރުންނާއި، ޢިލްމުވެރިންނާއި، ދިރާސާވެރިންނާއެކު ސައިންޓިފިކް ސެޝަންތަކާއި، ވޯކްޝޮޕްތަކާއި، ތަމްރީނު ސެމިނާތައް ހިމެނޭ ގޮތަށް ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މިފަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސައުދީ ޢަރަބިއްޔާގެ ޖިއްދާގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިފަހަރުގެ ކޮންފަރެންސްގައި ހައްޖުވެރިންގެ ޚިދުމަތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އަދި ހައްޖު ދަތުރުތަކުގެ ފެންވަރު ރަނގަޅުކޮށް ޒިޔާރަތްކުރާ މީހުންގެ ދީނީ އަދި ސަގާފީ ތަޖުރިބާތައް މުއްސަނދި ކުރުމުގެ ކަންކަންވެސް މި ކޮންފަރެންސްގައި ވަނީ ހިމަނާފައެވެ.

މި ކޮންފަރެންސްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލީ އަޙްސަނާއި، އައްޝައިޚް އުސާމް މުޙައްމަދު ސަޢީދުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްވެސް ބައިވެރިވެޑައިގަންނަވާއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ސަޢުދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ޙައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިސްލާމީ ބައެއް ޤައުމުތަކުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާގެ ކަންކަމުގައި އެފަރާތްތަކުގެ ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ