ސަތިރީސް ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯސް އައްޑޫ ސިޓީގައި ފަށައިފި

ޚަބަރު ފަހުގެ

ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލްކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްޓްމަންޓުން ހިންގާ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ސަތިރީސް ވަނަ ބުރު އައްޑޫ ސިޓީގައި ފަށައިފިއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އައްޑޫސިޓީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްޓްމަންޓުގައި ފެށި މި ތަމްރީން ކޯސް އިފްތިތާޙް ކޮށްދެއްވައި ޝަރަފުވެރިކޮށް ދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ސޮބާހްއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ފެކަލްޓީތަކުގެ ވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާ އަދި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

16 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ތަމްރީނު ކޯހުގައި 48 އަންހެން ފުލުހުންނާއި 150 ފިރެހެން ފުލުހުން ހިމެނޭހެން ޖުމްލަ 198 ފުލުހުން ބައިވެރިވެފައިވެއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ އަސާސީ ތަމްރީނު ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ