ޖުވެނައިލް ކޯޓުގެ ސައިޓު ހެކްކޮށް އިންޒާރު ދީފި

ޚަބަރު ފަހުގެ

ޖުވެނައިލް ކޯޓުގެ ވެބްސައިޓު މިއަދު ހެކްކޮށް އިންޑިއާގެ ދިދައެއް ޖަހައި އިންޒާރު ދީފި އެވެ. އެ ކޯޓުގެ ވެބްސައިޓް ހެކްކުރުމަށްފަހު ވަނީ އިންޑިއާގެ ދިދައާއެކު ބަޔާނެއް އާންމުކޮށްފަ އެވެ.

އެ ބަޔާނުގައިވާ ގޮތުން ވެބްސައިޓް ހެކްކުރީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށް އަމާޒުކޮށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ އިންޒާރެއް” ގެ ގޮތުގައި ބެލުމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެ އާއި އިންޑިއާގެ މައްސަލަ ފެށުނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަށް، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އޭނާއަށް އިހްތިރާމް ކުޑަވާ ގޮތަށް ފާޑުވިދާޅުވި މައްސަލާގަ އެވެ.

އެކަމުގައި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ތިން ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭގެ ފަހުން، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި މި ފެށުނު އަރާރުމާ އެކު ރައީސް އޮފީހުގެ ވެބްސައިޓާއި ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ ވެބްސައިޓްތަކަށް ވެސް ސައިބަ ހަމަލާތަކެއް ދިނުމުން ނުވަދޭވޭ ގޮތްވި އެވެ. އެކަމަކު މިހާރު ވަނީ އެ މައްސަލަ ހައްލުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ތިއައިން އެއްކަމެއްވެސް ވެގެނެއްނޫން އއިންޑިއާ އެ އުޅެނީ މިގައުމުގެ މައްޗަށް އިންޑިއާއިން ފޯރުވާ ނުފޫޒުތަކާ ބާރާ އާރު ނެތި ދިއައީތީ އެކަމުގެ ހަސަދަ އެ ބާލަނީ، ތި ކިއާ ޑެޕިއުޓީ މިނިސްޓަރުންވެސް ވިދާޅުވި ވާހަކައެއް ވިއްޔާ އެއީ ހަމަރަނގަޅު ވާހަކަފުޅުތަކެއް އެއީ އެހާވަރެއްގެ ކަމެއްތަ ދެން އެއީ.