މަޖިލީހުގެ އިންތިޚާބުގައި 284،327 މީހުންނަށް ވޯޓު ލެވޭނެ: އީސީ

ޚަބަރު ފަހުގެ

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 284،327 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޙަބީބް ވިދާޅުވީ މާރިޗު 17 ވަނަ ދުވަހަށް 18 އަހަރުފުރޭ 139165 އަންހެނުންނާއި، 145162 ފިރިހެނުންނާއެކު، ޖުމްލަ 284327 މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޙަބީބް ވިދާޅުވީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެމީހަކު ވޯޓުލާންޖެހޭ ދާއިރާ އެނގޭ ގޮތަށް މިއަދު އީސީއިން އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

“ލިސްޓު އާންމުކުރުމުން ލިސްޓުގައި ނަމާއި އެޑްރެސް އޮތީ ރަނގަޅަށްތޯ ބެއްލެވުން އެދެން. ރަނގަޅަށް ނެތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ.“ ޙަބީބު

އީސީއިން ހާމަކުރި ގޮތުގައި މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚެއްގެ ގޮތުގައި މާޗުމަހުގެ 17 ވަނަ ދުވަަސް ކަނޑައެޅީ އިންތިޚާބު ރަމަޟާން މަހާ ދިމާވާތީއާއި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބު ބާއްވަން އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމުންނެވެ. އަދި ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އީސީއިން ބުނެފައިވެއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ