ޗައިނާގެ ރައީސް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ރައީސް މުއިއްޒު ދެއްވައިފި

ޚަބަރު ފަހުގެ

ޗައިނާގެ ރައީސް ޝީ ޖިންޕިން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ޗައިނާގެ ލީޑަރުން ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވާފައިވާކަން ހާމަކޮށްފައިވަނީ ދެ ގައުމު ގުޅިގެން މިއަދު ނެރުނު ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރައީސް މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ނަތީޖާއާ މެދުގައި ދެ ގައުމުން ވެސް ހިތްހަމަޖެހޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އާ އުސްމިނަކަށް ގޮސްފައިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޗައިނާގެ ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުހަބާ އާއި އަދާކުރެއްވި މެހްމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެއާ އެކު، ޗައިނާގެ ލީޑަރުން ވެސް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުއިއްޒު އެ ބޭފުޅުންނަށް ދައުވަތު ދެއްވިއެވެ. އަދި ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ދެ ގައުމު ދެމެދުގެ ގުޅުން ބާއްވަވަން އެއްބަސްވެފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ