ޗައިނާ ސަރުކާރުން ރާއްޖެއަށް 1000 ސްކޮލަރޝިޕް ފުރުޞަތު

ޚަބަރު ފަހުގެ

ޗައިނާ ސަރުކާރުން ރާއްޖެއަށް 1000 ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވާފައެވެ. އަދި ރައީސް ވަނީ އެ ދަތިތައް ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާ ސަރުކާރުން 1000 ސްކޮލަރޝިޕްގެ ފުރުޞަތު ރާއްޖެއަށް ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. އެ 1000 ސްކޮލަރޝިޕަކީ 5 އަހަރު ދުވަހަށް ބަހާލައިގެން ސިވިލް ސަރވިސް މުވައްޒަފުންނަށް ދެއްވުމަށް ނިންމާފައިވާ ސްކޮލަރޝިޕްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް 200 ދިވެހިންނަށް ފުރުޞަތު ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކުގައި ޗައިނާއާއެކު ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ޢުމްރާނީ، އިޤްތިޞާދީ އަދި ފަންނީ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން ރައީސާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރައްވާ ވަނީ ދެޤައުމުގެ ދެމެދު ގުޅުންބަދަހިކުރެއްވުމަށް މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. އަދި މި މަޝްވަރާތަކަކީ ކާމިޔާބު އަދި ރާއްޖެއށް ފައިދާހުރި މަޝްވަރާތަކެއް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ