މޫސުން ގޯސްވުމުން މޭޔަރު އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި

ޚަބަރު ފަހުގެ

މޫސުން ގޯސްވެ، މިހާރު މާލޭ ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރާގެ ސަބަބުން، މާދަމާ ބާއްވާ މާލޭ މޭޔަރު ބައި އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު އިތުރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

މި އިންތިޚާބު މާދަމާ އޮންނައިރު، މާދަމާ ހެނދުނު ވެސް މާލޭ ސަރަހައްދަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ވަނީ ލަފާކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެ އިންތިހާބުތަކުގެ ވަގުތާ ގުޅޭގޮތުން އީސީން ކުރި އިއުލާނެއްގައި ބުނީ، މުޅި ރާއްޖޭގެ މޫސުން ގޯސްވެ،ވިއްސާރަވެ ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ ހަވީރު ފަހެއްގެ ނިޔަލަށް ވޯޓުލުން އިތުރު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ކުރިން ވޯޓުލުން ނިންމުމަށް އީސީން ނިންމާފައި އޮތީ، ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.

ހޮނިހިރު ދުވަހު އޮންނަ ބައި އިލެކްޝަންތަކަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންތަކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ