އެމްޑީޕީ މަޖިލިސް ޕްރައިމަރީ އަންނަ މަހު 3 ގައި

ފަހުގެ ސިޔާސީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީން ކުރިން އޮތީ ޕްރައިމަރީ މި މަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. ނަމަވެސް ޕްރައިމަރީ ބޭއްވުމަށް ސްކޫލްތަކުގެ ހޯލުތައް ބޭނުންވާތީ ހޯލު ލިބޭ ގޮތަކުން، ޕްރައިމަރީ ބާއްވާ ދުވަސް ވަނީ ބަދަލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީން ވަނީ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީތައް ބާއްވާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފައެވެ. އެ ލިސްޓާއެކު ޕާޓީން ކުރި އިޢުލާނުގައިވާ ގޮތުން ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން 36 ދާއިރާއަކުން ޕްރައިމަރީއަކާ ނުލާ ކެންޑިޑޭޓުން ވަނީ ޔަޤީންވެފައެވެ. އެމްޑީޕީން އާންމުކުރި ޕްރައިމަރީ އޮންނަ ދާއިރާތަކުގެ ލިސްޓުގައިވާ ގޮތުން އެޕާޓީން ބާއްވާނީ 43 ދާއިރާގެ ޕްރައިމަރީއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވަފައިވަނީ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ. އިތުރު 6 ދާއިރާއާއެކު މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެއެވެ. ހިނގަމުންދާ މަޖިލީހުގައި ތިބީ 87 މެމްބަރުންނެވެ. އިތުރު 6 ދާއިރާ އިތުރުކުރެއްވީ އާބާދީއަށް ބެލުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ