ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މިމަހު 27 އަށް ފަސްކޮށްފި

ފަހުގެ ސިޔާސީ

ޕީޕިއެމް/ޕީއެންސީގެ ޓިކެޓުގައި މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 27އަށް ފަސްކޮށްފިއެވެ.

ޕްރައިމަރީ ފަސްކޮށްފައިވާކަން ޕްރޮގެރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ކުރިން ޕްރައިމަރީ ބާއްވަން ނިންމީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރުމަށް 354 ފޯމުވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެކޯލިޝަންގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލިއިރު 10 ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެއެވެ.

10 ދާއިރާއެއްގެ ޕްރައިމަރީ ނުބާއްވަނީ އެދާއިރާތަކަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކޮންމެ ދާއިރާއަކަށް ވެސް އެންމެ ފަރާތަކުން ފޯމު ހުށަހަޅާފައިވާތީއެވެ. އެހެންކަމުން އެ 10 ދާއިރާއަށް ފޯމު ހުށަހެޅުވި ފަރާތްތަކަށް މިހާރު ވަނީ ޓިކެޓް ކަށަވަރުވެފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ލިބޭނީ ޕީޕިއެމް އަދި ކޮންގްރެސް ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށް ކޮންގްރެސް ޕާޓީގެ ޗެއަރޕަރސަން ޢަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގެ ތެރޭގައި އެކޯލިޝަނާ އިތުރު ބައެއް ޕާޓީތައް ގުޅުނު ނަމަވެސް ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނުނިންމާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ